ހުންކޮށި ބޮޑުވުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހުންކޮށި ބޮޑުވުން (އިނގިރޭސި ބަހުން: Splenomegaly) އަކީ ބައެއް ކަހަލަ ބަލިތަކާއި ގުޅިގެން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަ އެކެވެ. އާންމު ގޮތެއްގައި ހުންކޮށި ބޮޑުވާން ދިމާވަނީ ހުންކޮށީގެ ވޯރކް ލޯޑު މަތިވުމުންނެވެ. މިސާލަކަށް ހިމޮލިޓިކް އެނީމިޔާ ފަދަ ލޭމަދުވުން ގެ ވައްތަރުތަކުގައި މިބުނި އުޞޫލުން ހުންކޮށީގެ ވޯރކް ލޯޑު މަތިވެގެންދާގޮތް ވެއެވެ. މީގެ އިތުރުން ވެސް ތަފާތު އެތަކެއް ބަލިތަކެއްގެ ސަބަބުން ހުންކޮށި ބޮޑުވާގޮތް ވެއެވެ.

ހުންކޮށި ބޮޑުވުމުން ކުރިމަތި ވެދާނެ އުދަގޫ ތަކުގެތެރޭގައި، ބަނޑުގައި ރިހުން އަދި ލޭމަދުވުން ކުރިމަތިވުުމުން ފެންނަ އަލާމާތްތައް ހިމެނެއެވެ.