ހުނިކެ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހުނިކެ

ހުނިކެ(ސައިންޓިފިކް ނަން: Pomacentrus pavo)ނުވަތަ (އިނގިރޭސި ބަހުން: Peacock Demoiselle) އަކީ ދިވެހި މަސްވެރިންގެ ތެރޭގައި މަޝްހޫރު މަހެކެވެ. ސަބަބަކީ ދިވެހި ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އެންވެރިކަމުގައި އެމުގެ ބައެއް ބާވަތްތަކާއި އެކު ގިނަ އަދަދަކަށް މިބާވަތް ހިފޭކަމެވެ. ގިނައިން ހިފެނީ ނިލަމެހި ކަހަލަ މުރަކަތަކުގެ ތެރޭގައި އުޅޭ އެންހިފާ އިރުއެވެ. ވުމާއެކު މިބާވަތް އެމުގެ ގޮތުގައި ވެސް ބޭނުންކޮށް އުޅެއެވެ. މިމަސް އާންމުކޮށް އުޅެނީ ރަށްރަށާއި، ފަރުފަރުގެ ބޭރުގައި ކުދިއައިން ހަދައިގެންނެވެ. އަދި ރަށްރަށުގެ ފަޅުގެ ތިލަ ހިސާބުތަކުގައި ވެސް މިބާވަތް އުޅެއެވެ.

ހުނިކެ ގެ އާންމު ކުލައަކީ ނޫ ފެހިކުލައެވެ. މިކުލަ ބަނޑުދަށް ފަރާތުގައި ތަންކޮޅެއް ފަނޑެވެ. މަހުގެ ބޮލުގައި ހުންނަ ހުޅުބު ތަކުގައި ރީނދޫ ކުލައިގެ ކުޑަ ތިއްކެއް ހުންނަކަން ފާހަގަ ކުރެވެއެވެ. މަހުގެ ކަރުތާފަތް ގަނޑުގެ ކޮޅުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ އަޅިކުލައެއްގައެވެ.