ހިތާއި އަތުގެ ބަލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހިތާއި އަތުގެ ބަލި (އިނގިރޭސި ބަހުން: Holt Oram syndrome) ނުވަތަ ހޮލްޓް އޮރާމް ސިންޑްރޯމް އަކީ އަތުގެ ކަށިތަކުގައި ޢައިބު ނުވަތަ އުނިކަން ހުރުމާއެކު، އުފެދުމުގައި ހިތުގެ ޢައިބެއް ހުންނަކަމަށް ފާހަގަކުރެވޭ ބައްޔެކެވެ.

  • ހޮލްޓް އޮރާމް ސިންޑްރޯމް
  • އެޓްރިއޯ ޖެނިޓަލް ޑިސްޕްލޭސިއާ

ހިތާއި އަތުގެ ބަލި ނުވަތަ ހޮލްޓް އޮރާމް ސިންޑްރޯމް އަކީ އަތުގެ ކަށިތަކުގައި ޢައިބު ނުވަތަ އުނިކަން ހުރުމާއެކު، އުފެދުމުގައި ހިތުގެ ޢައިބެއް ހުންނަކަމަށް ފާހަގަކުރެވޭ ބައްޔެކެވެ. ހިތުގައި ހުންނަ ޢައިބުގެ ތެރޭގއި ހިމެނެނީ އުފަންވާއިރު ހިތް ފުރިހަމައަށް އުފެދިފައިނެތުން، ނުވަތަ ހިތުން ލޭފޮނުވުމުގައި ހުރަހެއް ހުރުން ފަދަ ކަންތައްތަކެވެ. މިބަލި ޖެހިފައިތިބޭ ބައެއް މީހުންގެ ކިބައިން ފާހަގަކުރެވޭ ހަމައެކަނި ސިފަޔަކީ އަތުކުރީ ކަށިގަނޑުގައި އައިބު ހުރުމެވެ. ބަލިޖެހިފައި ތިބޭމީހުންގެ ތެރެއިން 75 އިންސައްތަ މީހުންނަށް އުފަންވާއިރު ހިތް ފުރިހަމައަށް އުފެދިފައިނެތުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ހިތާއި އަތުގެ ބަލި ކުރިމަތިވަނީ އޮޓޯސޯމަލް ޑޮމިނެންޓް ޓްރޭޓް އެއްގެ ގޮތުގައެވެ.