ހިރުގަނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހިރުގަނޑު
Cross-section of a tooth with visible gums, or gingiva
Gray's subject #242 1112
MeSH Gingiva
Dorlands/Elsevier g_05/12390396

ހިރުގަނޑު ނުވަތަ އަކީ ދަތް ތައް އެއެއްޗެއްގެ ތެރޭގައި ހިފެހެއްޓިފައި ހުންނަ ޓިޝޫ އެވެ. ފުރިހަމަ ޞިއްޙަތެއްގައި ހުންނަ ހިރުގަނޑެއް ނަމަ އޭގެ ކުލަ ހުންނާނީ ގަލުގައި ހުންނަ ފަދަ ފިޔާތޮށި ކުލަ އަކަށެވެ. ނަމަވެސް ތަފާތު އެއްޗެތި ބޭނުން ކުރުމުން ހިރުގަނޑުގެ ކުލަ އަށް ބަދަލު އަންނަ ގޮތް ވެއެވެ.

ހިރުގަނޑު(އިނގިރޭސި ބަހުން: Gingiva) އަކީ ދަތް ތައް އެއެއްޗެއްގެ ތެރޭގައި ހިފެހެއްޓިފައި ހުންނަ މަޑު ޓިޝޫއެވެ. ފުރިހަމަ ޞިއްޙަތެއްގައި ހުންނަ ހިރުގަނޑެއް ނަމަ އޭގެ ކުލަ ހުންނާނީ ގަލުގައި ހުންނަ ފަދަ ފިޔާތޮށި ކުލައަކަށެވެ. ނަމަވެސް ތަފާތު އެއްޗެތި ބޭނުންކުރުމުން ހިރުގަނޑުގެ ކުލައަށް ބަދަލު އަންނަކަން ފާހަގަ ކުރެވެއެވެ. ހިރުގަނޑު ރަތްވެ، ދުޅަވުން، ކޮބަޑި އިތުރުވުން ފަދަ ކަންކަމަކީ ހިރުގަނޑު ދުޅަވުމުގެ އަލާމާތެއް ކަމުގައި ބެލެވެއެވެ. ހިރުގަނޑު އިންނަނީ ކޯކަށިގަނޑު ގައި ދަތްތައް ހަރުލާފައި ހުންނަ ބައިގެ ވަށައިގެން ތަތްވެފައެވެ.


ހިރުގަނޑުގެ ބައިތައް[އުނިއިތުރު ގެންނަވާ]

ހިރުގަނޑު އިންނަނީ އެނަޓަމިކަލް ގޮތުން 3 ބަޔަކަށް ބެެހިފައެވެ. އެބައިތައް ތިރީގައި މިވަނީ އެވެ.

  • މާރޖިނަލް ޖިންޖިވާ: މިއީ ދަތުގެ ވަށައިގެން އިންމަތީގައި ތަތްވެފައިވާ ހިރުގަނޑުގެ ބައެވެ.
  • އެޓެޗްޓް ޖިންޖިވާ:މިއީ ދަތްތައް ހަރުލާފައިވާ ކޯކަށިގަނޑުގައި ތަތްވެފައިވާ ހިރުގަނޑުގެ ބައެވެ.
  • އިންޓަޑެންޓަލް ޖިންޖިވާ: މިއީ ދެދަތް ދޭތެރޭގައިވާ ހިރުގަނޑުގެ ބައެވެ.


ދުޅަހެޔޮ ހިރުގަނޑު[އުނިއިތުރު ގެންނަވާ]

ފުރިހަމަ ޞިއްޙަތެއްގައި ހުންނަ ހިރުގަނޑެއް ނަމަ އޭގެ ކުލަ ހުންނާނީ ގަލުގައި ހުންނަ ފަދަ ފިޔާތޮށި ކުލައަކަށެވެ. ނަމަވެސް ތަފާތު އެއްޗެތި ބޭނުންކުރުމުން ހިރުގަނޑުގެ ކުލައަށް ބަދަލު އަންނަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބައެއް ނަސްލު ތަކުގެ މީހުންގެ މެދުގައި ހިރުގަނޑުގެ ކުލަ ތަފާތު ވުމަކީ ވެދާނެ ކަމެކެވެ. ހިރުގަނޑު ނޫވުން، ހިރުގަނޑު ރަތްވުން، ހިރުގަނޑު ހުދުވުން ފަދަ ކަންކަމަކީ ހިރުގަނޑު ދުޅަވުން ފަދަ ބަލީގެ އަލާމާތެކެވެ.

ހަމަ މިހެން ދުޅަހެޔޮކަންމަތީ ހުރި ހިރުގަނޑެއް ނަމަ އެހިރުގަނޑު ހުންނާނީ އޮމާންކޮށެވެ. އަދި ހިރުގަނޑުގައި ހަރުކަމެއް ހުންނާނެވެ. ދުޅަހެޔޮ ހިރުގަނޑެއް ނަމަ ދަތް އުގުޅުން ފަދަ ކަންކަމަކުން ހިރުގަނޑަކަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް ހިރުގަނޑުގައި ބައްޔެއް ހުރެއްޖެނަމަ ދަތް އުގުޅުމުން ބައެއް ފަހަރު ހިރުގަނޑުން ލޭއައުން، ހިރުގަނޑުން ދޮސްއައުން ފަދަ ކަންތައް މެދުވެރި ކުރުުވައެވެ.


ހިރުގަނޑުގެ ބަލިތައް[އުނިއިތުރު ގެންނަވާ]

ހިރުގަނޑުގެ ތެރެއަށް ކާތަކެތި ވަދެ ހަރުލުމަކީ ތަފާތު ވައްތަރުގެ ޖަރާސީމް ތައް އަށަގަތުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. މިގޮތަށް ކާތަކެތި ވަދެ ހަރުލުމާއި، އެކާތަކެތީގެ ތެރެއަށް ކުޅުވަދެ، ހަރުލުމަކީ ޖަރާސީމް ތަކުގެ ދިރުމަށް ބާރުލިބޭނެ ކަމެކެވެ. ހިރުގަނޑަށް ކުރިމަތިވެދާނެ ބައެއް ބަލިތައް ތިރީގައި މިވަނީއެވެ.

  • ހިރުގަނޑު ދުޅަވުން
  • ހިރުގަނޑުން ލޭއައުން
  • ހިރުގަނޑުން ދޮސްއައުން
  • ހިރުގަނޑު ގިރުން