ހާޖިޔާ ސޯފިޔާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހާޖިޔާ ސޯފިޔާ އަކީ ތުރުކީ ވިލާތުގެ އިސްތަންބޯލް ގައި ހުންނަ ދާރުލް އާޘާރު އެކެވެ. މިއީ ކުރިން މިސްކިތެކެވެ. އަދި އޭގެ ކުރިން ބޭސިލިކާ (ރޯމަނުންގެ ޢިމާރާތް) އެވެ. މިތަން ފާހަގަ ކުރެވިފައިވަނީ އެތާގައިވާ ގުއްބު އަދި މުންނާރު ތަކުގެ ސަބަބުންނެވެ. ގާތްގަނޑަކަށް 1000 އަހަރުވަރު ވަންދެން ދުނިޔޭގައި ހުރި އެންމެ ބޮޑު ކެތަޑްރަލް ގެ ގޮތުގައި ހާޖިޔާ ސޯފިޔާ ފާހަގަ ކުރެވިފައި ވެއެވެ. ގާތްގަނޑަކަށް 500 އަހަރު ވަންދެން އިސްތަންބޯލްގެ އެންމެ މައި ބޮޑު މިސްކިތުގެ ގޮތުގައި ހާޖިޔާ ސޯފިޔާ ބޭނުންކޮށްފައި ވެއެވެ. އޭގެ ފަހުން ތުރުކީ ވިލާތުގައި ބިނާކުރެވުނު މިސްކިތްތައް ނަމޫނާ އަކަށް ހާޖިޔާ ސޯފިޔާ ބަލައިގެން އިމާރާތްކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.