ހަރު ތަލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހަރު ތަލި(އިނގިރޭސި ބަހުން: Hard Palate) އަކީ މަތީ ތަލީގެ ކުރިމަތީ ގައި އިންނަ ހަރު ބަޔެކެވެ. މިއީ އަނގައިގެ ފުރާޅު ކަމުގައި ބެލެވިދާނެއެވެ. އަދި ދިވެހިން އާންމުކޮށް މަތީ ތަލި ކިޔަނީ ވެސް މިބަޔަށެވެ. އަދި ހަރު ތަލި އަކީ މަތީ ތަލީގެ ކުރިމަތީ ތިންބައިކުޅަ ދެބަޔެވެ.

ހަރު ތައްޔަކީ ކަށިން އުފެދިފައިވާ ބައެކެވެ. ހަރުތަލި އުފެދިފައިވަނީ ތަފާތު ދެކަށިގަނޑެއް ގުޅިގެންނެވެ. އެއީ މެކްސިލާ ކަށިގަނޑުގެ ޕަލަޓައިން ޕްރޮސެސް، އަދި ތަލި ކަށިގަނޑުގެ ހުރަސް ޕްލޭޓް އެވެ.

އާންމު ގޮތެއްގައި ބަލާއިރު ހަރު ތައްޔަކީ އަނގަޔާއި، ނޭފަތުގެ މަގު ވަކިކޮށްދޭ ހުރަހެކެވެ. ހަރު ތަލީގެ ފަހަތުން އިންނަ މަޑު ބަޔަކީ މަޑު ތަލި އެވެ.


ހަރުތަލީގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

ވާހަކަ ދެއްކުމާއި، ތަފާތު އަޑުތައް ލެއްވުމުގައި ދޫއާއި އެކު ހަރު ތަލި ބައިވެރި ވެއެވެ.


ކްލެފްޓް ޕަލޭޓް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކްލެފްޓް ޕަލޭޓް

މަތީ ތަލީގެ ދެފަރާތް ނުގުޅުން، ނުވަތަ ހަރު ތަލީގެ ދެފަރާތް ނުގުޅިއްޖެނަމަ އެދެމެދުގައި ހުސް ޖާގައެއް އުފެދި ކްލެފްޓް ޕަލޭޓް(އިނގިރޭސި ބަހުން: Cleft Palate) ކިޔާ އުފެދުމުގައި ހުންނަ ޢައިބެއް ފެންމަތި ކުރުވައެވެ. އެހެން ކަމުން ކްލެފްޓް ޕަލޭޓް އަކީ އާންމުކޮށް އުފަންވާއިރު ތުއްތު ދަރިފުޅުގެ ކިބައިގައި ހުރެދާނެ ބައްޔެކެވެ. މިހާލަތުގައި އަނގަޔާއި، ނޭފަތް އާއި ދެމެދު ހުސް ޖާގައެއް އިނދެއެވެ. ތުއްތުއިރު ކުރެވޭ އޮޕަރޭޝަނެއްގެ އެހީގައި ކްލެފްޓް ޕަލޭޓް ބަލި މިހާރު ރަގަޅު ކުރެވެއެވެ.

މަޑު ތައްޔާއި ހަރުތަލީގެ ތަފާތު[އުނިއިތުރު ގެންނަވާ]

މަޑު ތައްޔާއި ހަރުތަލީގެ ތަފާތަކީ ހަރުތައްޔަކީ ކަށިން އުފެދިފައިވާ ޕްލޭޓް އެކެވެ. މަޑު ތައްޔަކީ މަހުން އުފެދިފައިވާ ފޮއްޗެކެވެ. އެހެންކަމުން ހަރު ތައްޔަށް އިގިރޭސި ބަހުން ކަށި ތަލި(އިނގިރޭސި ބަހުން: Bony Palate) މިހެން ވެސް ކިޔައެވެ. މިހެން ކިޔަނީ ހަރު ތަލި އުފެދިފައިވަނީ ކަށިން ކަމުގައި ވާތީ އެވެ. އަދި މަޑު ތައްޔަށް މަސް ތަލި(އިނގިރޭސި ބަހުން: Muscular Palate) މިހެން ވެސް ކިޔައެވެ.މިހެން ކިޔަނީ މަޑު ތަލި އުފެދިފައިވަނީ މަހުން ކަމުގައިވާތީ އެވެ.

  • ނޯޓް: މަތީ ތަލި އަކީ އިގިރޭސި ބަހުން ބުނާނަމަ ޕަލޭޓް އެވެ. މަތީ ތަލީގެ ކުރިމަތީ ތިންބައިކުޅަ ދެބަޔަށް ކިޔަނީ ހާރޑް ޕަލޭޓް އެވެ. އެހެން ކަމުން މިބަޔަށް ހަރު ތަލި ކިޔަމާ ހިގާށެވެ. އަދި މަތީ ތަލީގެ ފަހަތު ތިންބައިކުޅަ އެއްބަޔަށް ކިޔަނީ ސޮފްޓް ޕަލޭޓް އެވެ. އެހެންކަމުން މިބަޔަށް މަޑު ތަލި ކިޔަމާ ހިގާށެވެ.

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]